ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތާއި ގުޅިގެން، ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފާއި އޭނާގެ އާއިލާ އަށް އިންޒާރުދީފިއެވެ.
މަހުލޫފަށް މީހަކު ކޮށްފައިވާ އެސްއެމްއެސްއެއްގައި ބުނެފައި ވަނީ މިއީ ދޭ ގަދަފަދަ އިންޒާރެއްކަމަށެވެ. ޔޯގާ ހަލާލް ކުރުމަކީ ބާތިލް ފިކުރެއް ކަމަށް އިންޒާރުގެ މެސެޖުގައި ބުނެފައިވާއިރު މަހްލޫފު އަކީ އިންޑިއާގެ ޕަޕެޓެއްކަމަށްވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.
އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެކަމަށް ބުނެ މަހްލޫފުއަށް ދިން އިންޒާރުގައިވަނީ “އަހަރެމެންގެ އަހަކާ ނުވަތަ ޖަމިއްޔާއަކާ ފިޔަވަޅު އަޅާލިޔަސް ކަލެއާ ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނެކަމަށް ބުނެފައެވެ. “”ކަލޭ އަތުޖެހުނުނަމަ ނޮޅާލީމުސް، މިއަދު ވެސް ކަލޭ ދުވެ ފިލީ. އަހަރުން ތިބީ ބަލަން.” އެ މެސެޖުގައި ބުނެފައިވެއެވެ.
ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރަން ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެން ބާއްވަން އުޅުނު ހަރަކާތައް ބަޔަކު ވަނީ ހުރަސް އަޅާފައެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް ދިހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑު ކިޔަމުން އަންނައިރު މަހްލޫފު ވިދާލުވީ ދީނާ ޚިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވަމަކީ ސިޔާސީ ކަމެއް ކަމަށެވެ.
ޔޯގާ ޑޭގެ ހަމަނުޖެހުން: އޭރު ހަރާމް ނުވި ކަމެއް މިހާރު ހަރާމް ވާކަށް ނުޖެހޭ :މަހްލޫފް
ޔޯގާއަކީ އަޅުކަމެއް ނޫންކަމަށާއި އެއީ ކަސްރަތެއްކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ ޔޯގާ ދުވަހަކީ 2014 އިން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށެވެ.