English Edition
Dhivehi Edition
މަހްލޫފު

ހުޅުމާލެ ބުރިޖު ނިމުނު ވަރަށްވުރެ އަވަހަށް ތިލަމާލެ ބުރިޖު ނިމޭނެކަމަށް ބެލެވޭކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން އަޅަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް އެކަށީގެންވާ މިންވަރަކަށް ކުރިއަށް ނުދާކަމަށް ބުނެ ގިނަ ބައެއްގެ ފަޑުކިޔުންތައް އަމާޒުވެފައިވާއިރު މަހްލޫފު ވިދާޅުވީ ތިލަމާލެ ބުރިޖުގެ ތަނބެއް ނުފެންނަކަމަށް ބުނެ ހަޖޫޖަހާ ނަމަވެސް އެކަމުގެ ހަގީގަތް ތަފާތުކަމަށެވެ. ހަގީގަތުގައި ބުރިޖުގެ މުހިންމު ބައިވަރު އެތައް މަސައްތަކެއް ކުރެމުންދާކަން ފާހަގަކޮށް މަހްލޫފު ވިދާޅުވީ ތަނބުގެ މަސައްކަތްތައް ނިމޭއިރު، ކަންކަން ހުންނާނީ ބުރިޖު ރާވާލެވޭ ވަރަށް ތައްޔާރަށް ކަމަށެވެ.

މީގެ އިތުރުން މަހްލޫފު ވިދާޅުވީ މި މަޝްރޫއުގެ ދުވެލި ހުރި ގޮތަކަށް ބަލާއިރު، ހުޅުމާލެ ބުރިޖުގެ މަސައްކަތް ކުރެވުނު ވަރަށް ވުރެ ކުރު މުއްދަތެއްގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިންމޭނެކަމަށް ބެލެވޭކަމަށެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 26 އޮގަސްޓް 2021 ވަނަ އަހަރުގައެވެ.

 

1 ކޮމެންޓް
Hasan beyyaa
ސެޕްޓެމްބަރު 26, 2023
Mihaaru e alhaa burijakee kurin elhi burijah vure 2 guna fulhaa 5 guna dhigu burijeh. Adin funkoh oiy thanuge dhigu minaa oivaruves thafaathu. Mialhaa burijuge ves kolitee balan thibee hama kuree burijuge ves kolitee balan thibi meehun. Injineyrunah thibee yoorapu meehun. Masakkaiy laskurumuge visnumeh evves cotractoreh ge nuhunnaane. Gellun vaanee emeehunah viyyaa. Buriju nimuneema faadukiyaa kudhin buru thalhan thibey.