ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރުމަށް ޓީޓީ އެސޯސިއޭޝަން އާއިއެކު ކުރި މަސައްކަތް ކާމިޔާބު ނުވީ އައްޑޫ ސިޓީ ކައުންސިލުގެ އެންބާރުލުން ނުލިބިގެންކަމުގައި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމްގެ މަރާމަތަށް ވަރަށް ގިނަ ފަހަރު އެދިފައިވާކަމަށާއި އެހެންނަމަވެސް ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައީ އެއްވެސް މަސައްކަތެއް ނުކުރެވިކަމަށް ވިދާޅުވުމާ ގުޅިގެން މަހްލޫފު ވަނީ އެ ވާހަކައަށް ރައްދު ދެއްވާފައެވެ. މި ގޮތުން މަހްލޫފު ވިދާޅުވީ ބޭޑްމިންޓަން އިންޑޯ ވީރާނާވެގެން ދިޔަނުދިނުމަށް އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ރަނގަޅު ބެޑްމިންޓަން ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ހިންގަން ތަކުރާރުކޮށް އާދޭސްކުރެވުނުކަމަށެވެ. އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރުމަށް ޓީޓީ އެސޯސިއޭޝަން އާއިއެކު ކުރި މަސައްކަތް ކާމިޔާބު ނުވީ ކައުންސިލުގެ އެއްބާރުލުން ނުލިބިގެންކަމުގައި މަހްލޫފު ވިދާޅުވިއެވެ.
މީގެ އިތުރުން މަހްލޫފު ވިދާޅުވީ އިންޑޯ ވޮލީ ކޯޓު ހަދަން ކައުންސިލާ ހަވާލުކުރިތާ 3 އަހަރު ވީއިރުވެސް އެމަސައްކަތް ފެށިފައިނުވާކަމަށާ އަދި 2 ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމުނީ 3 އަހަރުންކަމަށެވެ. “އައްޑޫ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ނިޒާރު އެދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަވާހަކައެއް. މިދިޔަ 5 އަހަރު އައްޑޫގައު ކުޅިވަރު ކުރިއަރުވަން ކުރި މަސައްކަތާއި ކުރި ހަރަދު އޭގެކުރިން ފާއިތުވި 40 އަހަރާވެސް ނުބައްދަލުވާނެ. އައްޑޫ ސިޓީގެ ސްޓޭޑިއަމް މަރާމާތުކުރިކަން ނިޒާރަށް އެނގިވަޑައިނުގަތީކަމަށް ވެދާނެ.” ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ސްޓޭޑިއަމް މަރާމާތުކުރިކަން ނިޒާރަށް އެނގިވަޑައިނުގަތީކަމަށް ވެދާނެ. ނަމަވެސް ދެވަނަ ފަހަރަށް އެއިމާރާތް ބާވެފައިހުރިވަރުން، ކުރީގެ ސަރުކާރުން ނިންމީ ހިތަދޫގައި ސިންޓެޓިކް ޓްރެކެއް ތަރައްގީކުރަން. އެގޮތުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 40 މިލިއަން ޑޮލަރު… pic.twitter.com/6fEYwapAzO
— Ahmed Mahloof (@AhmedMahloof) February 13, 2024
އައްޑޫ ސިޓީގެ ކުޅިވަރު ތަރައްގީކުރުމަށް ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ހާމަކުރަމުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ސްޓޭޑިއަމް ނަމަވެސް ދެވަނަ ފަހަރަށް އެއިމާރާތް ބާވެފައިހުރިވަރުން، ކުރީގެ ސަރުކާރުން ނިންމީ ހިތަދޫގައި ސިންޓެޓިކް ޓްރެކެއް ތަރައްގީކުރުމަށް ކަމަށެވެ. އެގޮތުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 40 މިލިއަން ޑޮލަރު ހޯދާ އެޕްރޮޖެކްޓު ތަކުގެ ތެރޭގައި ހިތަދޫ ސިންތެޓިކް ޓްރެކް ތަރައްގީކުރަން ބޭނުންވާ 1.6 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަމަށް ބިޑުތައް ނަގާ އިވެލުއޭޝަންގެ މަސައްކަތްވެސް ނިމިފައިވާކަމަށެވެ.
މިސަރުކާރަށް ހަމައެކަނި އޮތްކަމަކީ ވީހާވެސް އަވަހަށް ސޮއިކޮށް މަސައްކަތްފެށުން ހިތަދޫ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގެ ބިޑު ނަގާ އިވެލުއޭޝަންް ވާނީ ނިންމާފަ. އަވަހަށް ސޮއިކޮށް މަސައްކަތް ފަށަންވީ.” މަހްލޫފު ވިދާޅުވިއެވެ. މީގެ އިތުރުން މަހްލޫފު ވިދާޅުވީ ފާއިތުވި 5 އަހަރު އައްޑޫގައި ކުޅިވަރު ތަރައްގީއަށް ކުރުމަށްވަނީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި 4 ބޮޑު ފުޓުބޯޅަ ދަނޑު. 2 ސުވިމިންގ ޓްރެކު، ބެޑްމިންޓަން އިންޑޯ، އައުޓްޑޯ ވޮލީ ކޯޓު، އައުޓްޑޯ، އަދި ކުޑަކުދިންގެ ޕާކު އަދި 3 ފުޓްސަލް ދަނޑު ހިމެނޭކަމަށެވެ.