English Edition
Dhivehi Edition

މިއާންޒް އިންޓަނޭޝަނަލް ކޮލެޖުން ގއ. ވިލިނގިލީގައި ހިންގާނެ ކޯސްތަކާއި ބެހޭ މަޢުލޫމާތު ދިނުމަށް ބޭއްވި އެޑިއުކޭޝަން ފެއަރ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ވިލިނގިލީގައި ބޭއްވި މި ފެއަރ ގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާއިރު. ފެއަރ ގައި ބައިވެރިވެ ފޯމް ފުރި ފަރާތްތަކަށް ޚާއްސަ އޮފަރ އެއްގެ ގޮތުން މުޅިން ހިލޭ ރަޖިސްރީޓްރީ ކުރުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ.

އެކޮލެޖުން ޑިގްރީ ޕްރޮގްރާމުން މަތީގެ ކޯސްތަކުގައި ބައިވެރިވާ 5 ފަރާތަކަށް ޓެބްލެޓް ވަނީ ހަދިޔާކޮށްފައެވެ. މި ގޮތުން ގުރުއަތުން ހޮވިގެން ޓެބްލެޓް ލިބުނު ދަރިވަރުންނަކީ

  • އަޒީމާ
  • އައިޝަތު އަމާނަތު
  • ފާތިމަތު ޝިހާބު
  • އާމިނަތު ޝީލާ އަލީ
  • ނަޒްމީލާ މާހިރް

މި އެޑިއުކޭޝަންގެ ފެއަރގައި ކޮލެޖުން ހުޅުވައިލެވޭ ފުރުސަތުގެ ތެރެއިން ފުލްފަންޑިން ސޮކޯލަރޝިޕް ލިބިގެންދިޔަ ފަރާތްތައް އިއުލާންކުރުން ވަރަށް އަވަހަށް ބާއްވާނެކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.

ބޮޑެތި އިނާމްތަކާއެކު އެމްއައި ކޮލެޖްގެ އެޑިއުކޭޝަނަލް ފެއަރ ގއ.ވިލިނގިއްޔަށް

މިއާންޒުން، އެ ކޮލެޖުގެ ކޯސްތަކުގައި ގއ. އަތޮޅުން ބައިވެރިވާ ފަރާތްތަކަށް ހަމަ ޖެހިފައިވާ އިތުރު ޢިނާޔަތްތަކުގެ ތެރޭގައި، ލެވެލް 4 ގެ ކޯސްތަކުގެ މަހުފީ އެއްހާސް ރުފިޔާއަށް ކުޑަކުރުންވެސް ހިމެނެއެވެ. މަހުފީއަށް ހެޔޮ ބަދަލެއް އައި ކޯސްތަކުގެ ތެރޭގައި ޕްރައިމަރީ ޓީޗިންގ، ސްޕެޝަލް އެޑިޔުކޭޝަން، އާރލީ ޗައިލްޑްހޫޑް، އެކައުންޓިންގ ބިޒްނެސް އެޑްމިނިސްޓްރޭޝަން، ފައުންޑޭޝަން ސްޓަޑީޒް، އަދި ގްރެފިކްސް އެންޑް މަލްޓި މީޑިއާ، ހިމެނެއެވެ.

މީގެ އިތުރުން އެކޮލެޖުން ސެކަންޑަރީ ޓީޗިން، އަށް އަލަށް ހުޅުވާލި ކޯސްތަކުގެ ތެރޭގައި ، ސޯޝަލްސްޓަޑީޒް، ހެލްތްއެންޑް ޕީއީ، ފިޒިކްސް، ބިޒްނެސް އެންޑް އެކޮނޮމިކްސް ހިމެނެއެވެ. މާސްޓާސް ކޯސްތަކުގެ ތެރޭގައި މާސްޓާސްއިން އައިޓީ، ގްރެފިކްސް އިން މަލްޓިމީޑިއާ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ހިމެނެއެވެ.