English Edition
Dhivehi Edition
އެމްއައި ކޮލެޖްގެ އެޑިއުކޭޝަނަލް ފެއާގެ ޕޯސްޓަރެއް


އެމްއައި ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކާއި ދިމާކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެޑިއުކޭޝަންލް ފެއާއެއް މިއަދު، 1 ސެޕްޓެމްބަރ 2023 ވާ ހުކުރު ދުވަހު މައި ކޮލެޖް ވިލިނގިލީ ކެމްޕަސް ކުރިމަތީ ވިލިނގިލީ އަމީނީ މަގުގައި އޮންނާނެ އެވެ.


ސެޕްޓެމްބަރު އިންޓޭކަށް އެމްއައި ކޮލެޖްގެ އެކި ފެކަލްޓީތަކުގައި ހިންގާ ކޯސްތަކަށް ވަނީ ހުޅުވާލައިފަ އެވެ. އެޑިއުކޭޝަން ފެއާ އަކީ ކޯސްތަކާ ގުޅޭ އެކިއެކި މައުލޫމާތުތައް ފޯރުކޮށްދީ، ބައިވެރިންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ފެއާއެކެވެ. ކެރިއާ ބިލްޑް ކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް މި ފެއާއިން ފޯރުކޮށްދޭނެ އެވެ.
އެމްއައި ކޮލެޖުން މައުލޫމާތު ދިން ގޮތުގައި، މި ފޭއާއަކީ އޯލެވެލް ނަތީޖާއަށް ފަހު ދަރިވަރުންނަށް ކެރިއާ ޕްލޭނެއް އެކުލަވާލުމުގައި އެހީތެރިވެދެވޭނެ ގޮތްތައް ހޯދުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

މިފަހަރު ހުޅުވާލާފައިފައިވާ ބައެއް ކޯސްތަކުގެ ތެރޭގައި، މައި ކޮލެޖްގެ އެޑިއުކޭޝަން ފެކަލްޓީން ޕްރީ ސްކޫލް އަދި ޕްރައިމަރީ ޓީޗިންގެ އިތުރުން ސްޕެޝަލް އެޑިއުކޭޝަން ލެވެލް ތިނަކުން ފެށިގެން ލެވެލް 9 އާދެމެދުގެ ކޯސްތަކަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ދިވެއްސާއި، އިސްލާމް ޓީޗިންގެ މާސްޓާސްއަށް ވެސް ފުރުސަތުތައް މިފަހަރު ހުޅުވާލާފައިވެ އެވެ.

އައިޓީ ފެކަލްޓީން ގްރެފިކްސް އަދި މަލްޓިމީޑިއާގެ އިތުރުން ސޮފްޓްވެއާ އިންޖިނޭރިން ގެ ދާއިރާއިން ޑިގްރީއާއި މާސްޓާސް އަށް ހުޅުވާލައިފައިވެ އެވެ. އައިޓީ، ރޮބޮޓިކްސް އަދި ގާޑެނިންގެ ލެވެލް ތިނެއްގެ ކޯސްތަކަށް ވެސް ފުރުސަތު އެބަ އޮތެވެ.

އެމްއައި ކޮލެޖްގެ 17 ކެމްޕަސް މުޅި ރާއްޖޭގައި ދަނީ ހިންގަމުންނެވެ. އެމްއައި ކޮލެޖަކީ މިހާރު ރާއްޖޭގައި ހިންގާ ކޮލެޖްތަކުގެ ތެރެއިން އެންމެ ފެންވަރު ރަގަޅު ތައުލީމުދޭ އަދި ބޮޑު ތަރުހީބެއް ލިބެމުންދާ ކޮލެޖެކެވެ.


މިއަދު ކުރިއަށް ދާ އެޑިޔުކޭޝަން ފެއަރ ފެށޭނީ ހަވީރު 4:00 ން އިރު އޮއްސި 06:00 ށެވެ. އަދި 2 ސެޕްޓެމްބަރ 2023 ވާ ހޮނިހިރު ދުވަހުވެސް ކުރިއަށް ދާނެ އެވެ. ގއ. ވިލިނގިލީ ކެމްޕަހަކީ 2014 ވަނަ އަހަރުން ފެށިގެން ގއ. އަތޮޅަށް ޚާއްޞަކޮށްގެން ވިލިނގިލީގައި ހުޅުވުނު ކެމްޕަހެކެވެ. މި ކެމްޕަހުން ތަމްރީނުވެގެން ނުކުތް ގިނަ ޢަދަދެއްގެ ދަސްވެނިން މިއަދު ގއ. އަތޮޅުގައި ތަފާތު ސެކްޓަރ ތަކުގައި ޙަރަކާތްތެރިވަމުން ދެއެވެ.