English Edition
Dhivehi Edition

މަތީ ތައުލިމުގެ ފުރުސަތު ފޯރުކޮށްދެމުން އަންނަ މިއާންޒް އިންޓަނޭޝަނަލް ކޮލެޖުން ގއ. ވިލނގިލީގައި ހިންގާނެ ކޯސްތަކާއި ބެހޭ މަޢުލޫމާތާއި އެކު ބޮޑެތި އިނާމްތައް ހިމެނޭ ގޮތަށް އެޑިއުކޭޝަނަލް ފެއަރ އެއް ބާއްވަން ނިންމައިފިއެވެ. ހުކުރު ދުވަހުގެ ހަވީރު ވިލިނގިލީގައި ބާއްވާ މިފެއަރ ގައިއެކޮލެޖުން މިފަހަރު ހުޅުވާލާ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޒިޔާރަތްކޮށް ކޯސްތަކުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އެގޮތުން އެފެއަރ ގައި ބައިވެރިވެ ފޯމް ފުރާ ފަރާތްތަކަށް ޚާއްސަ އޮފަރ އެއްގެ ގޮތުން މުޅިން ހިލޭ ރަޖިސްރީޓްރީ ވެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިއާންޒުން މަޢުލޫމާތު ދެއްވައެވެ.
މިއާންޒުން، އެ ކޮލެޖުގެ ކޯސްތަކުގައި ގއ. އަތޮޅުން ބައިވެރިވާ ފަރާތްތަކަށް ހަމަ ޖެހިފައިވާ އިތުރު ޢިނާޔަތްތަކުގެ ތެރޭގައި، ލެވެލް 4 ގެ ކޯސްތަކުގެ މަހުފީ އެއްހާސް ރުފިޔާއަށް ކުޑަކުރުންވެސް ހިމެނެއެވެ. މަހުފީއަށް ހެޔޮ ބަދަލެއް އައި ކޯސްތަކުގެ ތެރޭގައި ޕްރައިމަރީ ޓީޗިންގ، ސްޕެޝަލް އެޑިޔުކޭޝަން، އާރލީ ޗައިލްޑްހޫޑް، އެކައުންޓިންގ ބިޒްނެސް އެޑްމިނިސްޓްރޭޝަން، ފައުންޑޭޝަން ސްޓަޑީޒް، އަދި ގްރެފިކްސް އެންޑް މަލްޓި މީޑިއާ، ހިމެނެއެވެ.
އެކޮލެޖުން ސެކަންޑަރީ ޓީޗިން، އަށް އަލަށް ހުޅުވައިލެވޭ ކޯސްތަކުގެ ތެރޭގައި ، ސޯޝަލްސްޓަޑީޒް، ހެލްތްއެންޑް ޕީއީ، ފިޒިކްސް، ބިޒްނެސް އެންޑް އެކޮނޮމިކްސް ހިމެނެއެވެ. މާސްޓާސް ކޯސްތަކުގެ ތެރޭގައި މާސްޓާސްއިން އައިޓީ، ގްރެފިކްސް އިން މަލްޓިމީޑިއާ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ހިމެނެއެވެ.
ހުކުރު ދުވަހު އޮންނަ އެޑިއުކޭޝަންގެ ފެއަރ ގެ ތެރޭ ކޮލެޖުން ހުޅުވައިލެވޭ ފުރުސަތުގެ ތެރެއިން ފުލްފަންޑިން ސޮކޯލަރޝިޕް 3 ފަރާތަކަށް ހުޅުވާ ލުން ވެސް އޮންނާނެއެވެ.
މީގެ އިތުރުން އެކޮލެޖުން ދެވޭ ދެވަނަ ފުރުސަތުގެ ތެރެއިން ޑިގްރީ ޕްރޮގްރާމުން މަތީގެ ކޯސްތަކުގައި ބައިވެރިވާ 5 ފަރާތަކަށް ޓެބްލެޓް ދޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްއައި ކޮލެޖްގެ ބްރާންޗެއް ގއ. ވިލިނގިލީގައި ހުޅުވުނީ 2014 ވަނަ އަހަރުއެވެ. އެބްރާންޗުން މިއަދާއި ހަމައަށް ހުވަދު އަތޮޅު އުތުރުބުރީގެ 1200 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވެއެވެ. އޭގެތެރޭގައި 40 އަށް ވުރެ ގިނަ ދަރިވަރުން މާސްޓާޒް ޑިގްރީ ހާސިލު ކުރެއްވިއިރު 200 އަށް ވުރެ ގިނަ ދަރިވަރުންވަނީ ބެޗެލާރޒް ޑިގްރީ ޙާސިލް ކުރައްވާފައެވެ.
މިއާންޒް އިންޓަނޭޝަނަލް ކޮލެޖްގެ 18 އަށް ވުރެ ގިނަ ބްރާންޗް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ އިރު މިބްރާނޗްތަކުގައި މިހާރުވެސް 5000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލު ކުރަމުންދެއެވެ.