English Edition
Dhivehi Edition
ވީނުވީއެއްނޭނގި ގެއްލިގެން ހޯދަމުން އަންނަ ގއ. ވިލިނގިލީ ރަތްވިލާގޭ އަޙްމަދު އަސްޢަދު

ގއ. ވިލިނގިލިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ޢުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އަދި އޭނާ ފެނިފައި ނުވާކަމަށްފުލުހުން މަޢުލޫމާތު ދެއެވެ.

ރޭ ދަންވަރު 1.10 ގައި ގެއްލިފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ މި މީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އޭއޯ ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވިލިނގިލިން ގެއްލިގެން ހޯދަމުން އަންނަނީ ގއ.ވިލިނގިލީ / ރަތްވިލާގޭ އައްސަދު އަހުމަދެވެ.

 

1 ކޮމެންޓް
މުހައްމަދު
ޖޫން 16, 2023
އެންމެފަހުން އޭނާ އުޅުނު ނުވަތަ ފެނިފައި ވާތަނެއް ލިޔެލުން މުހިންމެވެ