English Edition
Dhivehi Edition
ކޮވިޑް -19 އާއި ގުޅިގެން ފުވައްމުލަކުގެ ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަ ތަކުންދޭ ޚިދުމަތްތައް ދިނުމުގައި އެޗްޕީއޭގެ މިންގަޑާއި އެއްގޮތަށް ޚިދުމަތްދޭތޯ ކަށަވަރު ކުރުމަށް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް ރަމަޟާން މަހާ ގުޅިގެން ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އާންމުކުރި އިއުލާނުގައިވަނީ ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުކަމަށެވެ.

އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުއެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން މިނިސްޓްރީން އަންގާފައިވާ ގޮތަށް ޢަމަލުކުރުމަށް އެ މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ 02 އެޕްރީލް ވާ ހޮނިހިރުދުވަހެވެ.