އައްޑޫ ސިޓީ މީދޫ ހިލާލް ޖަމްއިއްޔާއިން އިސްނަގައިގެން، މިއަހަރުގެ ރަމްޟާންމަހު މީދޫ މަޖުދުއްދީން މިސްކިތުގައި އިމާމްވެ ތަރާވީހް ނަމާދުކުރުމަށް ޕާކިސްތާނުން ހާފިޒަކު ގެނެސްފިއެވެ.
އެ ޖަމްއިއްޔާގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އިމާމްމީހާގެ ކަރަންޓީންގެ ކަންކަން ނިމުނުހާއަވަހަކަށް މިސްކިތައް ނިކުންނަވާނެއެވެ. އަދި މިއަހަރު ރަމްޟާލްމަހުގެ ތަރާވީޙް ނަމާދާއެކު ރަމްޟާންމަހުގެ ފަހު ދިހައެއްގައި ދަމުނަމާދުވެސް ކުރައްވާނެކަމަށްވެސް އެ ޖަމްމިއްޔާއިން ވަނީ މައުލޫމާތު ދީފާއެވެ.
އިމާމު ގެނައުމުގެ ކަންކަމުގައި ވަރަށް ގިނަ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ލިބުފައިވާކަން ފާހަގަކޮށް އެ ޖަމްމިއްޔާއިން ވަނީ ޚާއްސަކޮށް މީދޫ އަވަށުއޮފީހުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ފާހަގަކޮށްފައެވެ
ހިލާލް ޖަމްއިއްޔާއިން އިސްނަގައިގެން ބޭރުން ހާފިޒުން ގެނެސް ފާއިތުވި 2 އަހަރުވެސް ކާމިޔާބު ކަމާއެކު ތަރާވީޙް ނަމާދުކަން ކަންކަން ވަނީ އިންތިޒާމްކޮށްފައެވެ .