English Edition
Dhivehi Edition
ވެލާނާ ބިލްޑިންގް --- ސަން ފައިލް ފޮޓޯ

ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރަމަޟާން މަހުގެ އެލަވެންސް މިމަހުގެ އަށްވަނަ ދުވަހު ދޫކުރާނެކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއަހަރުވެސް ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ. އަދި މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭ އިރު އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ކަމަށެވެ.

ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނު ނަންބަރު 2/2008 ގެ 51 ވަނަ މާއްދައިގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން -/3000 ރުފިޔާ ދޭންވާނެ ކަމަށެވެ.