ލ. ގަމުގައި ކުރިއަށްދިޔަ “ރޭސިން ޗެމްޕިއަންޝިޕް – ލާމު އެޑިޝަން” ގެ ތެރެއިން ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާގައި އަނިޔާވި މި މުބާރާތުގައި ބައިވެރިވި އައްޑޫ ސިޓީގެ 20 އަހަރުގެ ޒުވާނަކަށެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ ހެނދުނު 10:00 އެހާކަންހާއިރުއެވެ.
ސައިކަލު ދުއްވަން އިން ޒުވާނާ މޫދަށް ވެއްޓުމާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ވަނީ މާލެ ފުރުވާލާފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.