English Edition
Dhivehi Edition
އޭއީއެޗް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ރެސްޓޯރެންޓެއް/ކެފޭއެއް ހިންގާނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އިއްޔެ އެ ހޮސްޕިޓަލުން ކުރި އިއުލާނުގައިވަނީ، ކުރިން ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަޅާފައި ނެތުމުން އެ އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލާކަމަށެވެ.

އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 24‏ މެއި‏ 2023‏ ، ބުދަ އިން ފެށިގެން ‏ 31‏ މެއި‏ 2023‏ ، ބުދަ ވާ ދުވަހުގެ 13:00ގެ ކުރިން ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް ‏ ‏ 01‏ ޖޫން‏ 2023‏ ، ބުރާސްފަތި ވަނަ ދުވަހުގެ 11:00 ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފެރެންސް ހޯލްގައި މައުލޫމާތު ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މަސައްކަތަށް ޝައުގުވެރިވެ ރަޖިސްޓްރީ ކުރާ އެންމެހައި ފަރާތްތަކުން މިބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި މި މައުލޫމާތު ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ނުދެވޭނެކަމަށްވެސް އެ ހޮސްޕިޓަލުން ވަނި ބުނެފައެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 07‏ ޖޫން‏ 2023‏ ، ބުދަ ވަނަ ދުވަހުގެ 11:00 އަށް ބިޑު ހުށަހެޅުމަށް އެދިފައެވެ.