English Edition
Dhivehi Edition
Cute little baby with stethoscope and toy bear playing at home. Health care concept

ރަމްޟާނަމަހަކީ އާއްމު ދިރިއުޅުމަށް ވަރަށް ގިނަ ބަދަލުތަކެއް އަންނަ މައްސަރެކެވެ. ދުވާލުގެ ހުރިހާ ގަޑިއެއްގައި އެއްވެސް އެއްޗެއް ނުކައި ނުބޮއެ ތިބެން ޖެހުމުން ރޭގަނޑުގެ ވަގުތުގައި ކެއުމުގެ ކަންތަކަށް އޮންނަނީ އެހެނިހެން މައްސަރުތަކާއި ވަރަށް ތަފާތުކޮށެވެ. އެހެން ކަމުން ރަމްޟާން މަހުގެ ކެއުންބުއިމާއި އާއްމު ސިއްޙަތުގެ ކަންކަމަށް އިތުރަށް ފަރުވާތެރިވުމަކީ ސިއްޙީގޮތުން ސަމާލުކަންދޭން ޖެހޭނެ ކަމެކެވެ. ދިގުމުއްދަތުގެ ބަލިތަކަށް ބޭސް ބޭނުންކުރާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދީންގެ ސިއްޙަތަކީ އަހަރެމެން ވަރަށް ބޮޑަށް ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އެހެން ކަމުން މިރަމްޟާން މަސް ތެރޭގައި ތިބޭފުޅުންނާއި ތިބޭފުޅުންގެ އާއިލާގެ ސިއްޙަތަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމުގެ ގޮތުން، މިއަދު އަޅުގަނޑު މިހިއްސާކޮށްލަނީ ރަމްޟާންމަހުގައި ކުޑަކުދިންނާއި އާއްމު ސިއްހަތުގެ އެކިއެކި ސުވާލުތަކަށް ޑޮކްޓާރ ފައިސަލް ދެއްވާފައިވާ ޖަވާބު ތަކެވެ.

ޑރ އަހުމަދު ފައިސަލަކީ ކުޑަކުދިންގެ ޚާއްސަ ޑަކުޓަރެއްގެ އިތުރުން،އިމިއުނައިޒޭޝަނާއި މަދިރި މަދުކުރުމާއި ގުޅޭގޮތުން،އާއްމު ހޭލުންތެރިކަން އިތުރު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. މިގޮތުން @faisalnaifaru ގެ ނަމުގައި ގެންގުޅުއްވާ އަމިއްލަ ޓުވިޓާ ހެންޑްލްގައި މަދިރިއާއި،ކުދިންގެ ސިއްޙަތާއި، ވެކްސީންގެ އިތުރުން އާއްމު ސިއްޙަތާއި ގުޅުންހުންނަ ވަރަށް ގިނަ މެސެޖުތައް އަބަދުވެސް ދަނީ ހިއްސާ ކުރައްވަމުންނެވެ. ދެ އަތޮޅެއް ފިޔަވައި ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރައްވައި ހޭލުންތެރިކުރުމާއި، ފަންނީ މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި ޑޮކްޓާރ ފައިސަލް ވަނީ ބައިވެރިވެ ވަޑައިގެން، އެ ބޭފުޅާގެ ތަޖުރިބާ ހިއްސާ ކުރައްވާފައިވެއެވެ.

Advt

Advertisement

  • ރޯދަމަހާއި އެކު ކުދިންގެ އޯޕީޑީގައި އަޑުއަހަންޖެހޭ ޝަކުވާތަކަށް ބަދަލުއާދޭތޯ؟ ވަކިކަހަލަ ޝަކުވާތަކެއް ގިނަވޭތޯ؟
  • ބައެއް ކަހަލަ ބަލިތަކުގައި ކުދިން ބޭސް ކެއުމަށް ނުވަތަ ޖަހަންޖެހޭ އިންސިއުލިންފަދަ ތަކެތި ޖެހުމުގައި ގެންނަ ތަފާތުތަކުގެ ސަބަބުން އެބަހުރި އެނދުމަތި ކުރަންޖެހިފައިވެސް، ދިގު މުއްތަކަށް ބޭސް ބޭނުންކުރާކުދިން ވަރަށް މުހިންމު ރޯދައިގެ ކުރިން ޑޮކްޓަރަށް ދައްކައި މަޝްވަރާކުރަން، އެހެން ނޫނީ ކުރިއެކޭވެސް އެއްގޮތަށް ބޭސް ބޭނުންކުރަން ރަނގަޅީ ބޭނުން ކުރިގޮތަށް.(މިސާލަކަށް ހަކުރު ބަލި، އިންސިއުލިން ޖަހާގޮތް، އަމިއްލައަށް ބަދަލު ކުރީމައި ހަކުރު ކޮންޓްރޯލް ކުރަން ދަތިވެދާނެ، ހަކުރު މަތިވެގެން އެބަހުރި ބައެއްފަހަރު އެދުމަތި ކުރަން ޖެހިފައިވެސް)

 

  • ރޯދަމަހާއި ގުޅިގެން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންތަކަށް ބަދަލު އާދޭ. ނިދުމާއި ކެއުމަކީ މިގޮތުން ވަރަށް ބޮޑު ބަދަލެއް އަންނަ ދެ ކަންތައް. މި ބަދަލުތަކާއި ގުޅިގެން މައިންބަފައިން ފަރުވާތެރިވާން ޖެހޭ ކަންތަކަކީ ކޮބައިތޯ؟
  • މާބޮޑު ތަފާތެއް ނުގެންނަން ވިސްނަން ޖެހޭނީ، ޚާއްޞަކޮށް ނިދާގަޑި، ސުކްރީން ކުރިމަތީގައި ހޭދަކުރާވަގުތު ގިނަ ކޮށްގެން ނުވާނެ،ކެއުމުގައިވެސް އިސްރާފުނުކޮށް ރަނގަޅު ކާތަކެތި ކެއުން މުހިންމު، އަބަދު ފޮނިގަދަ ތަކެތި ނުކައި އޮއްޓަރުހުރި، ރަނގަޅުކާނާގެ މުހިންމު ބައިތައް ކަމުގައިވާ ޕުރޮޓީންސް، ކާބް، ފެޓްސް، ވިޓަމިންސް، މިނެރަލް އަދި ފެން ހިމެނޭގޮތަށް ކެއުން މުހިންމު، މުޅި ދުވާލަށް ބޭނުންވާ ފެން ރޭގަނޑު ބުއިމަކީވެސް މުހިންމު ކަމެއް

 

  • ރޯދަހިފުމުން، ނުވަތަ ނުކައި ނުބޮއެ މުޅިދުވަހު ހުރުމުން ތަބީޢީގޮތުން ހަށިގަނޑަށް އަންނާނެ ބަދަލުތަކަކީ ކޮބައިތޯ؟ މިކަމުން ކުޑަކުދިންގެ ހެދިބޮޑުވުމަށް ކުރާނެ އަސަރުތަކަކީ ކޮބައިތޯ؟
  • ރޯދަހިފަން ފަރިތަކުރުމުގެ ގޮތުން ޢުމުރުން 7-8 އަހަރުގައި ރޯދައެއް ހިފާލުމަކީ ރަނގަޅުކަމެއް، އޭގައި މައްސަލައެއްނެތް، ވިސްނަންވީ ދުވާލު ނުކައި ހުރުމުން ހަށިގަނޑަށް ބޭނުންވާބައި ރޭގަނޑު ގެންނަން

  • ޑޮކްޓަރުގެ އަމިއްލަ ތަޖުރިބާގައި ރޯދަވީއްލާވަގުތަށް، ތަރާވީސް ދަމަށް އަދި ހާރަށް އެންމެ ރަނގަޅު ކެއުމަކީ ކޮބައިތޯ؟
  • ބެލެންސް ޑައިޓް (ކާނާގައި ހިމަނަންޖެހޭ ހުރިހާ މާއްދާއެއް/ބައިތަކެއް ހިމެނޭ ކެއުންތައް) އެންމެ ރަނގަޅީ، މައިގަނޑު ހުރިހާ ކެއުމެއްގައި ބެލެންސް ވާންޖެހޭނެ ، މުހިންމު ބައިތައް ކަމުގައިވާ ޕުރޮޓީންސް، ކާބް، ފެޓް، ވިޓަމިންސް، މިނެރަލް އަދި ފެން ހިމެނޭގޮތަށް ކާންވާނީ، އޭރުން ރަނގަޅުވާނެ

(މިސާލަކަށް ހާރަށް ބަތާއި ގަރުދިޔަ، މަސް އަދި ފަތްލައިގެން، ލުބޯހުތްކޮޅެއް ޖަހާލައިގެން ކެއުން ވަރަށް ރަނގަޅުވާނެ)

 

  • ރޯދަމަހާއި ގުޅިގެން އާއިލާގެ ކެއުމަށް ވަކިބަދަލެއް ގެންނަންތޯ؟ ކުދިންގައިގައި ކެއުމުގެ ރަގަޅުއާދަތައް ހަރުލައްވަން މަންމައިންނަށް ކުރެވިދާނެ ކަމަކީ ކޮބައިތޯ؟
  • – އެހެންމަސްތަކެކޭ އެއްފަދައިން އިރުއޮއްސޭ ގަޑީގައި ކެއުމަކަށް މާ ބޮޑު ތަފާތެއް ނުގެންނަން ހަމއެކަނި އިތުރުވާ އެއްޗަކީ ރޯދަމަހުގެ ފަނިތަށި،ކުޑަ ހެދިކާއެއް ދެން ފޮނި އެއްޗެއް ހުންނަންޖެހޭނެ.

-ކުޑަކުދިންގެ ގައިގައި ރަގަޅު ކެއުމުގެ އާދަތައް ހިފަހައްޓަން އަމިއްލައަށް ކުރެވިފައިހުރި ތަޖުރިބާއަކީ އެންމެ ތުއްތު އިރުވެސް މެޓާފަދަ ތަކެތި ނުދިނުން. އެއްގޮތަކަށްވެސް ނުދޭށެކޭ ނޫޏް، މިހެން އުޅެލާފައި،ހަދިޔާއެއް ގޮތަށް ދެވިދާނެ، ދެގަޑި ދޭތެރެއިން ކާ އެއްޗަކަށް އެންމެ ރަގަޅީ މޭވާއެއް ނޫނީ ތަރުކާރީ، ކިއުކަމްބާ ސްޓިކު، ކެރެޓް ސްޓިކު ކަހަލަ އެއްޗެހި، ޕޮޕްކޯންއަކީވެސް ރަގަޅު އެއްޗެއް، ޖޫހަށް ވުރެން ބޮޑަށް ފެންބޯން އާދަކުރުވަންވީ، ދެން އާއިލާ އެހެންމީހުން ކުޑަކުދިންގެ ކުރިމަތީ ކެއުމުގެ ރަގަޅު އާދަތައް ގެންގުޅެންވީ، އަދިހަމަ އެކުދިންނަށް ތައްޔާރު ކުރާ އެއްޗެތި އާއިލާ އެހެން މީހުންވެސް ކެއުންވެސް މުހިއްމު.

 

އިންސާނާގެ ސިއްޙަތަކީ އެމީހެއްގެ ދިރިއުޅުމުގެ ވަށްޓަފާޅިއާއި، ކެއުން ބުއިމާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށްވާތީ، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކއި، ކެއުންބުއިމުގައި ރަގަޅު އާދަތަކެއް ގެންގުޅުން ވަރަށް މުހިއްމުވާނެއެވެ. ޑޮކްޓަރުވެސް ނަސޭޙަތް ދެއްވަނީ އެފަދައިންނެވެ.