English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީ ޕްރިމަރީގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި އަންހެނުންގެ ރޫހުގެ އިންތިޚާބު ފަސްކޮށްފިއެވެ.

މީގެ ކުރިން މި އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އެޕްރީލްމަހުގެ 16 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މި އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ އިންތިހާބު ފަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މި އިންތިހާބުގައި ޗެއާޕާސަންކަމުގެ މަގާމަށް ދެން ވާދަކުރައްވާ އިމްތިޔާޒް ފަހްމީ ވަނީ އިންތިހާބު ފަސްކުރަން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.

މިކަމާއި މެދު ގޮތެެއް ނިންމުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ، ހޫނުގަދަވެގެން ދިޔައިރު، މި ޖަލްސާގައި ވަނީ އިންތިހާބު ފަސކުރުމަށް ނިންމާފައެވެ. އިންތިޚާބު ފަސްކުރަން ގައުމީ މަޖިލީހުގެ 100 މެންބަރުން ވޯޓް ދެއްވިއިރު އެކަމާއި ދެކޮޅަށް ވޯޓުދެއްވީ 15 މެމްބަރުންނެވެ.