އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މި އިންތިހާބުގައި ފައްޔާޒު އާއި ވާދަކުރެވިމާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށް ތާއިދުކޮށް، ފައްޔާޒުއަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ. މި ފާޑުކިޔުންތަކާއި ގުޅިގެން ފައްޔާޒު ވިދާޅުވީ އެއީ ސިޔާސީ ކަމެއް ކަމަށާއި އެއީ ސިޔާސީ ކަންކަމުގައި ހުންނަ ގޮތްކަމަށެވެ.
އިތުރަށް ފައްޔާޒު ވިދާޅުވީ މަގާމާއި ހަވާލުވުމާއި އެކީ އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރާނީ ޕާޓީގެ އެންމެ އިސް ލީޑަރާއި ގުޅިގެން ޕާޓީ އިތުރަށް ހަރުދަނާކޮށް، ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ހިންގޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.