English Edition
Dhivehi Edition
އެން.ސީ.އޭ-އަލްކައުން މަދަހަ މުބާރާތު ތެރެއިން ފޮޓޯ އެންސީއޭ

މާލެ ސިޓީ ކައުންސިލުން، މި އަހަރުގެ ރަމްޟާން މަހު މަދަހަ މުބާރާތެއް ބާއްވަން ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

“މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1443” ގައި ބާއްވާ މި މުބާރާތު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މި ގޮތުން ޖޫނިއާ ގުރޫޕްގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 6 އަހަރުންދަށް، 9 އަހަރުންދަށް އަދި 13 އަހަރުންދަށެވެ. އަދި ސީނިއަރ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 13 އަހަރުން މަތި، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖެނުއަރީ 2022 އަށް ދަރިވަރަށް ފުރިފައިވާ އަހަރަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި މުބާރާތުގެ ކޮންމެ ގުރޫޕަކުން ވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމާއެކު، މުޅި މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ގްރޫޕަކުން އެއްވަނައަށް ހޮވޭ ކުއްޖަކަށް 7،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް 5،000 ރުފިޔާ އަދި ތިން ވަނަ އަށް 3،000 ރުފިޔާ ވަނީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި މުބާރާތުން އެއްވަނަ އަށް ހޮވޭ ކުއްޖަކަށް 10،000 ރުފިޔާ، ދެވަނަ 7،000 ރުފިޔާ އަދި ތިން ވަނަ އަށް 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ވަނައަކަށް ވެސް ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީ އާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު މުބާރާތުގެ އުސޫލު އަދި ބައިވެރިވުމަށް އެދޭ ފޯމް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.