English Edition
Dhivehi Edition

ބޭނުންވާ ތަކެތި

ޗިކަން މެރިނޭޓް ކުރަން ބޭނުންވާ ތަކެތި

400 ފިލެޓް ޗިކަން ތުނިކޮށް3/1 އިންޗި ފބޯމިނަށް ފޮތި ކޮށްފައި
1/2 ޖޯޑު ޔޯގަރޓް
2 ސައި ސަމުސާ މުގުރި މިރުސް
2/1 ސައި ސަމުސާ މުގުރި ރީނދޫ
3/1 ސައި ސަމުސާ ޕެޕްރިކާ
1 ސައި ސަމުސާ އަނިއަން ޕައުޑަރ
1 ސައި ސަމުސާ ގާރލިކް ޕައުޑަރ
1 ސައި ސަމުސާ ޗިކަން ސްޓޮކް ޕައުޑަރ
1 ސައި ސަމުސާ މުގުރި ދިރި
1 ސައިސަމުސާ ކޮރިއެންޑަރ ޕައުޑަރ
1 ސައި ސަމުސާ މުގުރި އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ރާޅުކޮށް ތަޅާފައި ހުރި ހިކިމިރުސް
2 ސައި ސަމުސާ ލުނބޯހުތް
3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
2/1 ސައި ސަމުސާ މުގުރި ފޮނިތޮށި
ލޮނުކޮޅެއް ރަހަދޭވަރަށް

 

 

މެރިނޭޓް ކުރަން ބޭނުންވާ ތަކެތި އެތެރެފުން ތަށްޓަކަށް އަޅާފައި ވިސްކަކުން އޮމާންވަދެން ގިރާލާށެވެ.
ފޮތި ކޮށްފައި ހުރި ކުކުޅު މަސްތަކުގައި ހާކާފައި މަތިބަންދު ކޮށްފައި 3 ގަޑި އިރުވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.

ޝަވަރުމާ ސޯސް އަށް ބޭނުންވާ ތަކެތި

2 މޭޒުމަތީ ސަމުސާ ސެސަމީ ސީޑްސް
5 ލޮނުމެދު
1/2 ޖޯޑު މެޔޮނައިސް
1 މޭޒުމަތީ ސަމުސާ ވިނިގަރ
1 މޭޒުމަތީ ސަމުސާ ލުނބޯހުތް
4/1 ސައި ސަމުސާ މުގުރި އަސޭމިރުސް
4/1 ސައި ސަމުސާ އޮރެގާނޯ
ލޮނުކޮޅެއް ރަހަދޭވަރަށް

ބްލެންޑަރުން ސޯސްއަށް ބޭނުންވާ ބާވަތްތައް އެއްކޮށް އޮމާންވަންދެން ގިރާލާށެވެ.

ކުކުޅު ކޮޅު ގްރިލަރ ގައި ތެޔޮފޮދެއް ހާކާފައި ނުވަތަ ތަވާގައި އަތުރާފައި ދެފުށް ފިހެލާށެވެ .
ހިމަކޮށް އިންޗިއެއް ދޮޅު އިންޗި އެއްހާ ދިގުމިނަށް ކޮށާފައި ބަހައްޓާށެވެ.

ތަރުކާރީ ކޮޅު ) ހަނާކުރި ސެލެޑް ) ތައްޔާކުރަން ބޭނުންވާތަކެތި

1 ޖޯޑު ބެލްޕެޕަރ ކޮށާފައި ހުރި ( 3 ކުލައިން )
2/1 ޖޯޑު ފިޔާ ކޮށާފައި ހުރި

ގްރިލަރ ނުވަތަ ތަވާގައި ތެޔޮފޮދެއް ހާކާފައި 2 ބާވަތް އެއްކޮށް އަޅާފައި ދެބައި ކުޑަކޮށް މޯޅިވާވަރަށް ހަނާކޮށްލާށެވެ.

އިތުރަށް ބޭނުންވާތަކެތި

10 ޝަވަރުމާ ރޯޓީ
2 ޖޯޑު ހުންނަހާ ޕޮޓޭޓޯ ޗިޕްސް ކޮޅެއް
2 ޖޯޑު ހުންނަހާ ކޮށާފައި ހުރި ލެޓިއުސް
1/2 ޖޯޑު ހުންނަހާ ޕިކްލްޑް ގާރކިންސް

ޕިޓަރ ބްރެޑް މަތީގައި ޗިލީ ގާރލިކް ސޯސްކޮޅެއް ތުނިކޮށް ހާކާލާފައި ޝަވަރުމާސޯސޯސްކޮޅެއް ހާކާލާށެވެ. ޕޮޓޭޓޯ ޗިޕްސް ކޮޅެއް ދިގަށް އަޅާލާށެވެ .
ކޮށާފައި ހުރި ލެޓިއުސް ކޮޅެއް ވެސް އަޅާލާށެވެ . ހަނާކުރި ބެލްޕެޕަރ ކޮޅެއްވެސް ދިގަށް އަޅާލާށެވެ .ޕިކްލްޑް ގާރކިންސް ކޮޅެއްވެސް ސަމުސަލެއްވަރު ދިގަށް އަޅާލާށެވެ.
ކުކުޅުކޮޅެއްވެސް ދިގަށް އަޅާލާށެވެ. ޝަވަރުމާ ސޯސް ކޮޅެއް ދިގަށް އަޅާފައި ބްރެޑް ދެކޮޅުނަް ކުޑަކޮށް ލަންބާލާފައި އޮޅާލާާށެވެ.

ތަވާ ދޮން ކޮށްގެން ތެޔޮފޮދެއް ހާކާފައި އޮޅާފައި ހުރި ޝަވަރުމާ ތައް ކުޑަކޮށް ފިހެލާށެވެ.
ޝަވަރުމާ ވެސް ވަރަށް ގިނަ ގޮތްގޮތަށް ތައްޔާރު ކުރެއެވެ.