މާލެ ސަރަހައްދުގެ މިސްކިތްތަކުގައި 5 ތަރީގެ ފާހާނާތަކެއް ހެދުމަކީ އަމާޒެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ހުންނާނީ 5 ތަރީގެ ރީތި ފާހާނާތަކެއް ކަމަށެވެ.
މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ މިސްކިތެއްގެ ފާހާނާއަކަށް ވަނުމަށްފަހު އެ ތަނުގައި ހުރި ނަޖިހާ އެއްކޮށް މިސްކިތަށް އެރިއްޖިއްޔާ އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ، މިސްކިތްތަކުގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެއީ ކުރެވޭނެ ކަމެއްކަން ފާހަގަކޮށް އާދަމް އާޒިމް ވިދާޅުވީ ކަމެއް ކުރުމުގައި ދަތިކަމެއް ކުރިމަތިވި ނަމަވެސް އެއީ އެކަމެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫންކަމަށެވެ.
މީގެ އިތުރުން އާދަމް އާޒިމް ވަނީ އެހެން މީހުންނާއެކު މަސައްކަތް ކުރާ ވަގުތުތަކުގައިވެސް އަދި ހިތްހަމަނުޖެހޭ ވަގުތުތަކުގައި ވެސް ކެތްތެރިކަމާ ލޯތްބާއެކު އަނެކާއަށް ވާހަކަ ދައްކައިގެން އެކަން ހައްލު ކުރުމަށް ގޮވާލައްވާފައެވެ.