English Edition
Dhivehi Edition
މްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޮޓޯ: އެމްޓީސީސީ

މާލޭގައި ދުއްވޭނެ އުޅަނދުގެ އަދަދު ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކަނޑައަޅާނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު، ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް އާޒިމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ވިސްނަވާފައިވާ ކަމަށެވެ. އަދި އެއީ ކުރަންޖެހޭ ކަމެއް ކަމަށާއި ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރާއެކު ވެސް މަޝްވަރާކޮށްފައިވާނެ ކަމަށާއި އަދި މިކަމުގައި މިނިސްޓްރީގެ އެއްބާރުލުން ލިބިގެން ދާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މޭލޭގެ ޕާކިން ސްލޮޓްތަކާ ގުޅޭ ޝަކުވާތައް ކެމްޕެއިންގެ ތެރޭގައި ދޮރުން ދޮރަށް ހިންގެވިއިރު، ގިނަ ބައެއްގެ ފަރާތުން ލިބުނުކަން ފާހަގަކުރައްވަމުން އާދަމް އާޒިމް ވިދާޅުވީ އެ މައްސަލަތައް ބަލާނެކަމަށެވެ.