English Edition
Dhivehi Edition

އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ދެވަނަ ނައިބު ލީޑަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކާމިޔާބުކުރައްވައިފިއެވެ.

މި އިންތިހާބުގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ 63 މެމްބަރުން ވޯޓު ދެއްވިއިރު ހުސައިން ޝަހީމް މި މަގާމު ކާމިޔާބު ކުރެއްވީ 38 ވޯޓުންނެވެ. މި ބައި-އިލެކްޝަންގައި އޭނާއާ ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިންތިހާބުގައި ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރުކަމަށް، 40 ވޯޓުން ކާމިޔާބުކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ދެ ބޭފުޅަކު ތިއްބަވާއިރު، އެ މަގާމަށް ދެން ހޮވިފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އެ ދުވަހު ޕާލަމެންޓަރީ ގުރޫޕުގެ ދެވަނަ ޑެޕިއުޓީ ޕީޖީ ލީޑަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ހުސައިން ޝަހީމް އާއި އިލްޔާސް ލަބީބް އަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވެފައިވާއިރު، އެ ދުވަހު ދެ ބޭފުޅުންނަށްވެސް ލިބިވަޑައިގަތީ 34 ވޯޓު ލިބުނެވެ.