English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އިލިޔާސް ލަބީބްއަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ގޮތުން ގުރުބާންކުރާ ކަންބަޅިއެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ

‘ޑިމޮކްރެޓްސް’ ގެ ކެންޑިޑޭޓާ މެދު ކަންބޮޑުވުންފާޅުކޮށް ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާުޅުވީ އިލިޔާސް ލަބީބްއަކީ ސީރިޔަސް ކެނޑިޑޭޓެއް ނޫންކަން އައްޑޫ ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބުވުމުގެ އެއްވެސް އުންމީދެއް އޮތްނަމަ ދަ ޑިމޮކްރެޓްސް ޕާޓީގެ ކެނޑިޑޭޓަކަށްވާނީ ރައީސް ނަޝީދުކަމަށް ޝަރީފް ވިދާޅުވިއެވެ.

މެންބަރު ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ގިނަ ބަޔަކު ވަނީ މީގެކުރިންވެސް ރައީސް ނަޝީދު އައްޑޫ ސިޓީގެ ސިޔާސީ ލީޑަރުންނާ މެދު ކަންތައްކުރައްވާފައިވާ ގޮތަށް މިފަހަރުވެސް ކަންތައްކުރައްވާނެކަމަށް ބުނަމުންނެވެ.

މި ގޮތުން އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. މުނައްވަރުގެ ސިޔާސީ ހަޔާތްވެސް ނިމިގެން ދިޔައީ ރައީސް ނަޝީދުގެ ސަބަބުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މި ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އައްޑޫ ސިޓީ ބޭފުޅަކު ގެންނަވާނެކަމަށް ވިދާޅުވެ ހިތަދޫ ދާއިރާގެ މެންބަރު އަސްލަމް އާއި މެދު ކަންތައް ކުރެއްވި ގޮތް ހަނދާންކުރަންޖެހޭ ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.