English Edition
Dhivehi Edition
އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: އޭސީސީ

މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އެކުލަވާލަން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވަން ވައުދުވެފައިވާއިރު ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހެއް އަލުން އެކުލަވާލަން މިނިސްޓްރީންވަނީ ނިންމާފައިވާ ކަމަށެވެ.

އިތުރަށް ޝަހީމް ވިދާޅޫވީ މިސްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖިލީހެއްކަމަށެވެ. އެގޮތުން ރާއްޖޭގައި މިވަގުތު 1،000 އަށް ވުރެ ގިނަ މިސްކިތް އެބަހުރިކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.