English Edition
Dhivehi Edition
ފޮޓޯ:އެމްޓީސީސީ

ގދ. ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، ގާޑް ހައުސް އިމާރާތުގެ ފައުންޑޭޝަނާއި، ފޫޓިންގގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައިވަނީ، 4500 ކިއުބިކް މީޓަރުގެ ސަރަޙަދެއްގެ ނެރު ފުންކުރުމާއި 3000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ރީއިންފޯސް ކޮންކްރީޓް އެޅުމާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކޮށްފައެވެ.

ތިނަދޫ ރީޖަނަލް ޕޯރޓް ތަރައްޤީކުރުމުގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީއާއެކު

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއަރހައުސް އަދި ވޯރކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑަރ ހަރުކުރުން ހިމެނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 17.86 މިލިއަން ރުފިޔާއެވެ.