English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ ފަދަ އިތުރު އެހެން ކުންފުންޏެއް އުފައްދަން ނިންމާފައިވާ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ކެބިނެޓް ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީއިން ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެތަން ތަނުގެ ހިންގުމަށް ހަރަދެއް ކުރަން ނުޖެހި ފައިދާގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް ސިޔާސަތުތަކެއް އެކަށައެޅުމާ ގުޅޭ ގޮތުން ކަރުދާހެއް ހަށަހަޅާފައިވާކަމަށެވެ.

ދައުލަތުގެ ވަރަށް ގިނަ ކުންފުނިތައް ހަރަދު ބޮޑުކޮށް، ލިބޭ އެއްޗަކުން ފޫނުބެދޭ ގޮތަށް ހިންގަމުންދާ ކަމީ ދިވެހި ރައްޔިތުން އަބަދުވެސް ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެމްޓީސީސީ ގެ އިތުރުން އެ ފަދަ އެހެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ މި ގޮތަށް ނިންމާފައިވަނީ އެމްޓިސީސީގައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ފުނިޖެހި ކުރެވޭ ވަރަށް ވުރެ މަސައްކަތްތައް ގިނަވެފައިވާތީކަމަށެވެ.