English Edition
Dhivehi Edition
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިހާތަނަށް އަމަލީ މަސައްކަތް ނުފަށާ ހުރި މަޝްރޫއުތައް މަޑުޖައްސާލުމަށް އަންގައިފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާކަމަށެވެ. އެހެންނަމަވެސް ސޮއިކޮށް އަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތައް ނުފަށައި މަޑުޖައްސާލުމަށް އަންގާފައި ވާކަމަށް މުއްތަލިބު ވިދާޅުވިއެވެ.

https://x.com/muththo/status/1818308798085505358

އިތުރަށް މުއްތަލިބު ވިދާޅުވީ އެމްޓީސީސީ އިން އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ނިންމާފައި ވާކަމަށެވެ. މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައިހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ 60 ޕަސެންޓު މަސައްކަތް ހިންގަނީ އެމްޓީސީސީ އިންނެވެ.