English Edition
Dhivehi Edition

ޔޫކްރޭން މައްސަލައިގައި ރަޝިއާއިން އޮތީ މަޝްވަރާ ކުރަން ތައްޔާރަށް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ރަޝީޔާ ސަރުކާރުން މަޝްވަރާގެ މޭޒަށް ދިއުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވަމުން އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނީ މި މައްސަލަ ހައްލުކުރުމަށް ގުޅުން ހުރި އިދާރާތަކާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ރަޝިއާ އޮތީ ތައްޔާރަށްކަމަށެވެ.

ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ ރަޝިއާއިން ޔޫކްރޭން މައްސަލަ އާއި ގުޅޭގޮތުން މަޝްވަރާ ކުރަން ތައްޔާރަށް އޮތްކަން ހާމަ ކޮށްފަވީނަމަވެސް ޔޫކްރޭނުން މި މައްސަލަ އާއި ގުޅިގެން ރަޝިއާއި އެކީ މަޝްވަރާ ކުރަން ދެކޮޅު ހަދާފައިވާކަމަށެވެ. އެހެންނަމަވެސް ޔޫކްރޭނުން ވަނީ މިކަން ދޮގުކޮށްފައެވެ.

ރަޝިޔާގެ ޙަމަލާތައް ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސަރަޙައްދަކަށް ޢަމާޒުވަމުންދާއިރު، އދ. އިންވަނީ ޔޫކްރެއިނު ދޫކޮށް ދާން މަސައްކަތްކުރާ ޢާއްމުންނަށް އަވަށްޓެރި ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ހުޅުވާލައި އޯގާތެރިކަން އިސްކުރުން މުޙިއްމުކަމަށް ބުނެފައެވެ.