English Edition
Dhivehi Edition
ޔޫކްރެއިންގެ މަގެއްގައި ޓޭންކަރެއް ދުއްވާފައިދަނީ

ޔޫކްރެއިން ގައި ތިބި ހުރިހައި ދިވެހީން ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އެގައުމުގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ ނާދެވިފައިތިބި ދަރިވަރުންނާއި މީހުންގެ އެންމެފަހު ބެޗު ގެނައީ މިއަދު ކަމަށެވެ.

އެގޮތުން އެ އެންމެން ސަލާމަތްތެރިކަމާއެކު ރާއްޖެ ގެނެސްފައިވާ އިރު، އެންމެފަހުން ރާއްޖެ އައި މީހުން އައިސްފައިވަނީ މިއަދު މެންދުރު 12:30 ހާއިރު އެމިރޭޓްސްގެ ފްލައިޓަކުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިއަދު އައިސްފައިވަނީ ޔޫކުރެއިންގައި ތާށިވެފައި ތިބި ހަ ދަރިވަރުންނާއި ޢާއިލާގެ ތިން މެމްބަރުންނެވެ. މި އެންމެން ވެއް ރާއްޖެ ގެނައީ ހަންގޭރީ މަގުންނެވެ..