English Edition
Dhivehi Edition

ރަޝިއާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް މިހާރުބޭނުން ނުކުރެވޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުން މިހެން ބުނެފައިމިވަނީ ރަޝިއާ އިން ޔޫކްރެއިނަށް އަރާ ހަނގުރާމަކުރަމުންދާތީ، ރަޝިއާ އާމެދު ގިނަ ގައުމުތަކުން ތަފާތު ފިއްތުންތައް ކުރިމަތިކުރުވަމުން އަންނަދަނޑިވަޅެއްގައެވެ.

އެމެރިކަން އެކްސްޕްރެސް އާއި ވިސާ ޑެބިޓް ކާޑާއި މާސްޓަރ ކާޑަކީ ބައިނަލްއަގުވާމީ ބޭންކިންގ މުއާމަލާތްތަކުގައި ބީއެމްއެލްގެ ކަސްޓަމަރުން ބޭނުން ކުރާ ދެ ކާޑެވެ.

މި ދެ ކާޑުގެ ޚިދުމަތްދޭ ދެ ކުންފުނިން ވަނީ ރަޝިއާގައި އެ ކުންފުނީގެ ޚިދުމަތްތައް މެދުކަނޑާލާފައެވެ.