English Edition
Dhivehi Edition
ޔޫކްރެއިން އެއަރޕޯޓު: ފައިލް ފޮޓޯ

ޔޫކްރެއިން އާއި ރަޝިޔާގެ މައްސަލަ ހޫނުވުމާއި ގުޅިގެން، އެބުރި ޔޫކްރެއިނަށް ނުދެވި ރާއްޖޭގައި ތާށިވި ހުރިހާ ފަތުރުވެރިން، ގައުމަށް ފޮނުވާލައިފިއެވެ.

ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބަންދު ކުރުމާ ގުޅިގެން އެ ގައުމުގެ 300 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖޭގައި ތާށިވެފައެވެ، ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި އިމިގްރޭޝަނާއި ކަމާ ގުޅުން ހުރި އެހެން އިދާރާތައް ގުޅިގެން ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ހުރިހާ ފަތުރުވެރިން މިހާރު އެބުރި ގައުމަށް ފޮނުވާލާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޫކްރެއިން އާއި ރަޝިޔާގެ މައްސަލަ ހޫނުވެ ދެ ގައުމުގެ މެދުގައި ހަމަލާތައް ބަދަލުކުރަމުން އަންނައިރު، ހަނގުރާމައިން ސަލާމަތްވުމަށް ހިޖުރަކުރާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.