English Edition
Dhivehi Edition

ބޮލީވުޑްގެ ތަރިންގެ ތެރެއިން ކަންގަނާ ރަނައުތު އާއި ރާކީ ސާވަންތު، އަކީ އަބަދުވެސް އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުންނާއި، މީހުންނާއި މުއާމަލާތުކުރާ ގޮތުން އަދި އެއްވެސް ޖެހިލުމެއް ނެތި ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ސަބަބުން ‘ބްލެކް ލިސްޓް’ ކުރެވިފައިވާ ތަރިންނެވެ. މި ސަބަބުތަކާއި ހެދި މި ދެ ތަރިންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، އެކަމާއި އެމީހުންގެ މާ ބޮޑު ފަރުވާލެއް ނެތެވެ.މި ފަހަރު މި އޮތީ އެހެން މީހުންނަށް ފާޑުކިޔަމުން ދިޔަ މި ދެތަރިންގެ ކުރިމަތިލުމެއް ފެށިފައެވެ.

ސަލްމާން ހާން ހޯސްޓް ކުރާ އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ “ބިގްބޮސް”އާ ނެޕޮޓިޒަމްގެ ވާހަކަތައް ގުޅުވާ ކަންގަނާ ރަނައުތު ކުރި ތުހުމަތުތަކާ ގުޅިގެން ރާކީ މި ވަނީ ކަންގަނާއަށް ވަރުގަދަ ރައްދެއް ދީފައެވެ.

ސަލްމާނުގެ ދިފާއުގައި ވާހަކަދައްކަމުން ރާކީ ބުނީ، ސަލްމާން ބިގް ބޮސް ހުށަހަޅާތާ މިހާރު ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި ކަންގަނާގެ އެ ފެންވަރުގެ އެންމެ ޝޯއެއް ހުށަހެޅުމުގެ ހިތްވަރު ހުރި ނަމަވެސް އެކަން ދައްކާލުމަށް އެދޭ ކަމަށް ރާކީ ވަނީ ބުނެފައެވެ. ސަލްމާންގެ އެ ހިތްވަރު އެބަހުރި ކަމަށާއި އެކަމަކު ކަންގަނާގެ އެއްވެސް ހިތްވަރެއް ނެތްކަން ފާހަގަކޮށް ރާކީ ބުނީ ކަންގަނާ ދެއްކި ވާހަކަތަކުން އޭނާ ވަރަށް ދެރަވާ ކަމަށެވެ.

އިތުރަށް ރާކީ ބުނީ ބޮލީވުޑްގެ ކަންކަމަށް ކަންގަނާ އެ ވަރަށް އެއްޗެހި ގޮވިޔަސް، ކޮންމެ ފަހަރަކު އެނބުރި އަންނަން ޖެހެނީ ހަމަ ބޮލީވުޑަށް ކަމަށާއި އެ ފަތިވަރު ނުގޮވަންވީ ކަންގަނާ ބޭނުންޖެހޭ ކޮންމެ ފަހަރަކު، އޭނާގެ ފަހަތުގައި އޮންނަނީ އެ އިންޑަސްޓްރީ ކަމަށްވާތީކަމަށެވެ. ރާކީގެ މި ވާހަކަތަކަށް އަދި ކަންގަނާ އެއްވެސް ރައްދެއް ދީފައިނުވާއިރު، ގިނަ ބަޔަކު ވަނީ ކަންގަނާ މި ވާހަކަތަކަށް ވަރުގަދަ ރައްދެއް ދޭނެކަމަށް ބުނެފައެވެ.