English Edition
Dhivehi Edition

ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީގެ ގޮފިން މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި ހިންގާނެ ކޯސްތައް އިއުލާންކޮށް، މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ގޮތުން މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި ޤިރާޢަތު ސެޓްފިކެޓް 1 ގެ ކޯހެއް ހިންގުމަށް ނިންމާފައިވާއިރު މިއީ 8 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި 30 ބައިވެރިންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު އުމުރުން 16 އަހަރު ފުރިފައިވުމާއެކު، ގްރޭޑް7 ނިންމާފައިވާ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކޯހަށް ބައިވެރިން ނެގުމުގައި އެ މަރުކަޒުން ކުރިއަށް ގެންދާ ބަސްދީގަތުމުން ފާސްވާންޖެހެއެވެ.

ޤިރާޢަތު ސެޓްފިކެޓް2 ގެ ކޯހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސެޓްފިކެޓް1 ހަދާ ފާސްވެފައިވުމާއެކު އެ މަރުކަޒުން ކުރިއަށް ގެންދާ ބަސްދީގަތުމުން ފާސްވުން ހިމެނެއެވެ. އެއް ސެމިސްޓާ އަށް ކުރިއަށް ގެންދާ މި ކޯހުގައިވެސް 30 ބައިވެރިންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު ޤިރާޢަތު ސެޓްފިކެޓް3 ގެ ކޯހުގައިވެސް 30 ބައިވެރިންނަށް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެ ސެމިސްޓާ އަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމަށް ޤިރާޢަތު ސެޓްފިކެޓް2 ހަދާފައިވުމާއެކު މި ކޯހުން ފާސްވުން ހިމެނެއެވެ.

މީގެ އިތުރުން އެ މަރުކަޒުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤާރީކަމުގެ އެޑްވާންސ ސެޓްފިކެޓްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. 30 ބައިވެރިންނާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ޤިރާޢަތު ސެޓްފިކެޓް3 ހަދާފައިވުމާއެކު މި ކޯހުން ފާސްވުން ހިމެނެއެވެ.

މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.