English Edition
Dhivehi Edition

ފުވައްމުލައް ސިޓީ އަށް ހިލަ ހިފައިގެން ދިޔަ ބާޖެއް ފަރަށް އަރައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރ އިބްރާހިމް އަލީފް ވިދާޅުވީ މިއީ އެ ސިޓީގެ ގިރަމުންދާ ސަރަހައްދުގެ ތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން ދިޔަ ބާޖެއް ކަމަށެވެ. އަދި ބާޖު ފަރަށް އަރާފައިވަނީ މަސައްކަތް ކުރާ ސަރަހައްދުގައި ހޯގާޑު އިން މުދާ އެ ސަރަހައްދަށް ވައްދާ، ނެރެ ހެދުމަށް ބޭނުންކުރަމުންއަންނަ ބަނދަރަށް ވަންނަތަނާއި ދިމާލުގައި އޮޮއްވާ އަރިއަޅައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބާޖު ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރައްވައެވެ.

ފުވައްމުލަކު ސިޓީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ޑެންމާކްގެ ހޯގާޑު ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.