English Edition
Dhivehi Edition

އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުކުރުމާއި ގުޅިގެން، ޑެޕިއުޓީ ލީޑަރަކު އިންތިހާބުކުރުމަށް ބާއްވާ ވޯޓުލުން މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ،

އެމްޑީޕީ ޕީޖީ ގުރޫޕަށް ދެ ޑެޕިއުޓީ ލީޑަރުން އިންތިހާބުކުރަން ޖެހޭއިރު، މަގާމަށް ތިން ކެނޑިޑޭޓަކު ވަނީ ވާދަކުރައްވާފައެވެ، މި ގޮތުން ޑެޕިއުޓީ ލީޑަރުގެ މަގާމަށް 49 ވޯޓުން އިންތިހާބު ވެފައިވަނީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ)އެވެ. އެ މަގާމަށް ދެން ކުރިމަތިލެއްވި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސެއިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބުނީ 34 ވޯޓެއެވެ.

އެހެންކަމުން މި މި ދެ ބޭފުޅުންގެ ތެރެއިން ޕާލަމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރަކު ހޮވުމަށް ބާއްވާ އިންތިހާބު ކުރިޔަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން 4:00 އަށެވެ.

މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބުގައި ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރުކަމަށް އިންތިހާބުވެފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ.