English Edition
Dhivehi Edition
22 އޮގަސްޓް 2019 ގައި އެމްޑީޕީ އިން އެ ޕާޓީގެ ކައުންސިލަރުންނަށް ބޭއްވި ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފިއެވެ.

އިންތިޚާބުގައި ވާދަކުރައްވާ ތިން ބޭފުޅުންނަކީ:

  • މުހައްމަދު ނަޝީދު (އަންނި) – ކެންޑިޑޭޓް ނަންބަރު 1

  • އިބްރާހީމް މުހައްމަދު (ވާޑު) – ކެންޑިޑޭޓް ނަންބަރު 2

  • މީކާއީލު އަހްމަދު ނަސީމް – ކެންޑިޑޭޓް ނަންބަރު 3

މި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މިހާރު ވަނީ ރަށްރަށަށް ވަޑައިގެން ވަރަށް ވަރުގަދަ ކެމްޕޭނެއް ފައްޓަވާފައެވެ. ނަމަވެސް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެފައިވަނީ އިންތިހާބު ބާއްވަން ބޭނުންވާ ފައިސާ މިވަގުތު ޕާޓީގައި ނެތް ކަމަށެވެ. އެހެންކަމުން، މި އިންތިހާބު ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ގައުމީ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.

މި އިންތިހާބަކީ އެމްޑީޕީގެ ކުރިމަގު ބައްޓަންވެގެންދާނެ މުހިންމު ނިންމުމެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

 

ޓެގު