English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ކޮވިޑް-19 ޖެހިގެން އައްޑޫން މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ 90 އަހަރުގެ ފިރިހެނެއްކަމަށެވެ.

ކޮވިޑް ބަލީގައި އައްޑޫން މިއަދު ނިޔާވި މީހާއާއި އެކު އެ ސިޓީއިން ޖުމްލަ 16 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

އައްޑޫގައި އަދިވެސް ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެމުން އަންނައިރު އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު، މަހުގެ 16 ވަނަ ދުވަހުވަނީ 927 އަށް އަރާފައެވެ، އައްޑޫ އީއޯސީ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު އައްޑޫ އިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ ހިތަދޫއިންނެވެ.

ޓެގު