English Edition
Dhivehi Edition

ހެލްތް ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ) ގެ ތެރެއިން ކޮވިޑް19 ގެ ވެކްސިން ކާޑު ވިއްކި މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.

ފުލުހުން ވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ތަހްގީގު ކުރަމުންދާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މައްސަލަ އާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި މިފަދަ ވާހަކަތަކެއް ފެންމަތިވެފައިވާއިރު، އޭރު ބައެއް ފަރާތްތަކުންވަނީ ވެކްސިން ނުޖެހާ ފަރާތްތަކުން ދަތުރުކުރުމަށާއި، އަދިވެސް އެހެނިހެން ބޭނުންތަކަށް ވެކްސިން ފުރިހަމަކޮށްފައިވާކަމުގެ، ކާޑު އެޗްޕީއޭ އިން ގަނެފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހި ކަމަށް ކާޑު ހައްދައިދެމުން ދިޔައީ އެޗްޕީއޭގެ މުވައްޒަފުންނެވެ.

ފޭކް ވެކްސިން ކާޑުގެ ގޮތުގައި ވިއްކާފައި ވަނީ ކިހާ އަދަދެއްގެ ކާޑެއް ކަމެއް އަދި ސާފެއް ނުވެއެވެ.