English Edition
Dhivehi Edition

ގއ ކޮލަމާފުށި މޮނީޓަރިންގ ހާލަތަށް ގެނެސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އެރަށް މޮނީޓަރިންގ ހާލަތަށް ގެނައީ އެރަށުގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ.

އެޗްޕީއޭއިން އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާކަން އަންގާ ފޮނުވި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު އެރަށު އެއްވެސް މީހަކު ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެރަށަށް އެއްވެސް މީހަކު އެރުމަކީ މަނާކަމެއްކަމަށް އެޗްޕީއޭގެ ލިޔުމުގައި ވެއެވެ.

ގއ އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މިއަދު ކޮލަމާފުށިން 5 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރޭގައި މުޖުތަމައުގެ ތެރެއިން ފާހަގަކުރެވުނު ކޭސްތަކެއްވެސް ހިމެނެއެވެ.

މި ކޭސްތަކާއި އެކު ކޮލަމާފުށީގައި ފިޔަވަޅުތަށް ވަރުގަދަކުރަުމަށް އެރަށު ކައުންސިލުން އަންނަނީ މަޝްވަރާކުރަމުންނެވެ