English Edition
Dhivehi Edition

ގއ،ވިލިނގިލީގައި ސަރުކާރުން އިމާރާތްކުރައްވާފައިވާ 52 ހައުސިންގ ޔުނިޓުގެ ތެރެއިން އޭ ކެޓެގަރީއަށް ހޮވުނު 8 ހައުސިންގ ޔުނިޓަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ދާއިމީ ލިސްޓް އަލުން އިއުލާންކޮށްފިއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލުން ނެރުނު އިއުލާނެއްގައިވަނީ އެ ރަށުގައި ސަރުކާރުން އިމާރާތްކުރައްވާފައިވާ 52 ހައުސިންގ ޔުނިޓުގެ ތެރެއިން އޭ ކެޓެގަރީއަށް ހޮވުނު 8 ހައުސިންގ ޔުނިޓަށް ކުރިމަތިލެއްވި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ދާއިމީ ލިސްޓް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމާއި، އެއްގޮތަށް ބާޠިލްކޮށްފައިވާކަމަށެވެ. އަދި އެ ކައުންސިލުން ވަނީ ދިރިއުޅުމުގެ ޙާލަތަށް ބަލައި ޕޮއިންޓް ދިނުމުގެ އުޞޫލާއި، ޕޮއިންޓް ދެވިފައިވާގޮތުގެ ލިސްޓް އަލުން އާއްމުކޮށްފައެވެ.

މީގެ އިތުރުން ވިލިނގިލީ ކައުންސިލުން ވަނީ މި 8 ހައުސިންގ ޔުނިޓަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 14 ފެބުރުވަރީ 2022 ން 23 ފެބްރުވަރީ 2022 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ލިޔުމަކުން އެކަން ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެދިފައެވެ.

ސަރުކާރުން އިމާރާތްކުރައްވާފައިވާ 52 ހައުސިންގ ޔުނިޓުގެ ތެރެއިން އޭ ކެޓެގަރީ އިން ދޫކުރުމަށް ހަމަޖެހިފައިވާ 8 ހައުސިންގ ޔުނިޓަށް 76 ފަރާތަކުން ވަނީ ކުރިމަތިލާފައެވެެ.