ދިވެހިރާއްޖޭގެ ކަނޑުގެ ޞަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއިބެހޭ ޤާވާޢިދު ) ގެ ދަށުން ސީވަރދިނަސް ސެޓްފިކެޓް ހެދުމަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މިއަދު އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ޤަވާޢިދު ނަންބަރު 2015-R-229 ( ދިވެހިރާއްޖޭގެ ކަނޑުގެ ޞަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއިބެހޭ ޤާވާޢިދު ) ގައި ސީވަރދިނަސް ސެޓްފިކެޓް ހެދުމަށް ބޭނުންވާ ބައެއް ކަންތައްތައް 16 ޖަނަވަރީ 2022 އިން ފެށިގެން ފުރިހަމަކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ނަންބަރު: (IUL)202-M/1/2021/109އިޢުލާނުންވަނީ އަންގަވާފައިވާކަމަށެވެ.
މި ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިކަންތައްތަކަކީ 16 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރުމަށް ލާޒިމްވާ ކަންކަން ކަމަށެވެ. އެހެންކަމުން މިކަންކަން ފުރިހަމަ ކުރެވިފައި ނުވާ އުޅަނދު ފަހަރަށް ސީވަރދިނަސް ހަދާދެވޭނީ މިކަންކަން ފުރިހަމަ ކުރުމުން ކަމުގައި އެ ކައުންސިލުން ވަނީ ބުނެފައެވެ.