English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

އައްޑޫ ސިޓީ ކައުންސިލުތަކުގެ ދޭ ހިދުމަތްތަކުން ފީ ނެގުމަށް ނިންމާ، ޚިދުމަތްތަކަށް ފީ ނަގާނެ ގޮތުގެ ތަފްސީލު ހަމަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މާރިޗް 23، 2022 ގެ ކައުންސިލްގެ ނިންމުމާ އެގޮތަކަށް ޖުލައި 22، 2024ވަނަ ދުވަހުން ފެށިގެން ފީ ނެގުމަށް ނިންމަވާފައިވާ ކަމަށެވެ.

މި ގޮތުން އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް 100 ރުފިޔާގެ ފީއެއް ނަގާއިރު އައްޑޫސިޓީގެ އެއް އަވަށެއްގެ އެއްގެއިން އަނެއް ގެއަށް ރަޖިސްޓަރީ ބަދަލުކުރުން 300 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ރަށްވެހިކަން ބަދަލުކުރުމުަށް 1000 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު އައްޑޫސިޓީ ގައި އުޅޭކަމުގެ ލިޔުން ހޯދުމަށް 100 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފޮޓޯޖެހި ލިޔުން ހޯދުމަށް 100 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައިވާއިރު އައްޑޫސިޓީ ފިޔަވައި އެހެން ރަށެއްގެ ރައްޔިތުން އައްޑޫއަށް ރަށްވެހިކަން ބަދަލުކުރުން 1000 ރުފިޔާގެ ފީއެއް ނެގުމަށްވަނީ ހަމަޖެހިފައެވެ. އަދި މަޢުލޫމާތުގެ ގޮތުގައި ލިޔުންތަކުގެ ކޮޕީ ހޯދުން 2 ރުފިޔާގެ ފީއެއް ހުށަހަޅަންޖެހެއެވެ.