ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ ޒަކާތުހައުސްއިން އެކުލަވާލައި މޭ8 2024 ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާއި އެއްގޮތަށް ފަގީރުންނާއި މިސްކީނުގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށެވެ..
އެ ގޮތުން މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން މިއަހަރުގެ މުދަލުޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ވަނީ ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު އެއިދާރާއަށް ހުށަހެޅުމަށް އެދިފައެވެ. އަދި ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް 20 މޭ 2024 އިން ފެށިގެން ހިތަދޫ އަވަށު އޮފީހުން ލިބެން ހުންނާނެކަމަށް ކައުންސިލުން ވަނީ ބުނެފައެެވ.