English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުން ފޮޓޯ: އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

އައްޑޫ ލިންކް ރޯޑުގައި މިވަގުތު ކުރަންޖެހޭ މުހިއްމު މަރާމާތްތަކާއި އައްޑޫ ގުޅިފައިވާ ރަށްތަކުގެ ލިންކްރޯޑް ގުޅޭ ހިސާބަށް ލޮނުއަރާ ގިރަމުންދާތީ މިކަމުގެ ކަންބޮޑުވުންތައް އައްޑޫ ސިޓީ ކައުންސިލުން މިނިސްޓަރީ އޮފް ސްޓޭޓް ހަސަން ރަޝީދު އަދި ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލްއާއި ހިއްސާކުރައްވައިފިއެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ގެ ޓެކްނިކަލް ޓީމުން ބައިވެރިވި މި ބައްދަލުވުމުގައި، އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ، އަދި މަރަދޫ-ފޭދޫ ކައުންސިލް މެންބަރުންވަނީ އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ކުރިއަށްގެންދެވޭ އަދި ރޭވިފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މިގޮތުން، ފޭދޫ، މަރަދޫ، އަދި މަރަދޫ-ފޭދޫގައި ހިންގޭ މަޝްރޫއުތަކުގެ މައުލޫމާތު ކައުންސިލް މެންބަރުން ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި ރަށްތަކުގެ އުމްރާނީ ތަރައްގީއާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫއުތަކާއި އިޖްތިމާއީ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާވަނި ކޮށްފައެވެ.

މީގެ އިތުރުން އައްޑޫ ލިންކް ރޯޑުގައި މިވަގުތު ކުރަންޖެހޭ މުހިއްމު މަރާމާތްތަކުގެ ކަންކަން ހިމެނެއެވެ. އަދި އައްޑޫ ގުޅިފައިވާ ރަށްތަކުގެ ލިންކްރޯޑް ގުޅޭ ހިސާބަށް ލޮނުއަރާ ގިރަމުންދާތީ މިކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން މިނިސްޓްރީއާއި ހިއްސާކޮށްފައެވެ.