އައްޑޫ ސިޓީ މީދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށް ދޭނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 09 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 10:00 އިން ފެށިގެން 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމަޔަށް އެއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް އެދިފައެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 24 ޖޫން 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާ އަދި މީދޫ އަވަށު އޮފީހުގައެވެ. މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 9،500.00 ހުށަހަޅަންޖެހޭ އިރު ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.
މި މަސައްކަތުގެ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 08 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.
އައްޑޫ ސިޓީ މީދޫގައި ކޫޑަކުދިންގެ ޕާކެއް ތަރައްގީކޮށް ދިނުމަކީ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ، އިންތިހާބުގެ ދުވަސްވަރު ވެފައިވާ ވައުދެކެވެ.