English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ،

ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓަށް 770 ފަރާތަކުން ފޯމު ހުށަހަޅާފައިވާކަމަށެވެ،

އައްޑޫ ސިޓީ ކައުންސިލުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން، ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް ސަރުކާރުގެ ގެޒެޓު އަދި އެ އިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި އާއްމުކޮށްފައިވާކަމަށެވެ.، މީގެ އިތުރުން މި ލިސްޓް ކައުންސިލް އިދާރާ އާއި އަވަށު އޮފީސްތަކުގެ ނޯޓިސް ބޯޑުގައިވެސް އާއްމުކޮށްފައިވާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ،

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކާއި،އަދި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު އެއިދާރާއަށް ނުވަތަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އަވަށު އޮފީހަށް، 23 ފެބްރުވަރީ 2022 ވާ އަންގާރާ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުމަށް އެދިފައެވެ.

އިތުރަށް އައްޑޫ ސިޓީ ކައުންސިލުން ބުނީ ފްލެޓްލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާ ނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުކަމަށެވެ.