English Edition
Dhivehi Edition
އޭއޯ 7 ވަނަ މަދަޙަ މުބާރާތުގެ 1 ވަނަ ދަރިވަރާއި އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާއަޙްމަދު: ފޮޓޯ ބައިސްކޯފް

އޭއޯ 7 ވަނަ މަދަޙަ މުބާރާތުގެ ފަޚުރުވެރި 1 ވަނަ މ.ސަރުމާގެ އައިޝަތު ލަޢާލީ ޢަލީ، ހޯދައިފިއެވެ. ލަޢާލީ މި މުބާރާތުގައި ވާދަ ކޮށްފައިވަނީ 16 އަހަރުން ދަށުގެ ގޮފިންނެވެ.

އޭއޯ ނިއުސް އިން ކޮންމެ އަހަރެއްގެ ރަަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މި އަހަރުގެ (އޭއޯ 7 ވަނަ މަދަޙަ) މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އޭއޯ ނިއުސް އާއި ބައިސްކޯފް ގުޅިގެން އޮންލައިންކޮށެވެ.

“އިސްލާމީ ޘަޤާފަތާއި ރަމަޟާން މަހާއި ޢީދު” މި ތީމަށް ކުރިއަށް ގެންދިޔަ މުބާރާތް ފަށާފައިވަނީ ރަމަޟާން މަހުގެ 3 ވަނަ ދުވަހުގައެވެ.

މި މުބާރާތުގެ 2 ވަނަ އަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގދ.ތިނަދޫ ލިޓްލްހަޓް، ޙައްވާ އައިރީން އަމްޖަދެވެ. އަދި 3 ވަނަ ހޯދާފައިވަނީ ސ.ފޭދޫ ވާދީ މަލްކާ މުޙައްމަދު ޙަބީބެވެ.

މި މުބާރާތުގައި ހުށަހަޅާފައިވާ މަދަޙަ ތަކުގެ ތެރެއިން އެންމެ މޮޅު 10 މަދަޙަ ހިމެނޭ މަދަޙަ އަލްބަމެއް ބައިސްކޯފުން އެކުލަވާލާނެއެވެ.

މި މުބާރާތުގެ ވަނަތައް:

6 އަހަރުން ދަށް 1ވަނަ : އިޒުވާ އަޙްމަދު މުޖުތަބާ (ނިއުހިލް 10059 ހުޅުމާލެ)

6 އަހަރުން ދަށް 2ވަނަ : މީރާން އަޙްމަދު ރަޝީދު (ޖަމްބުމާގެ / އއ މާޅޮސް)

6 އަހަރުން ދަށް 3ވަނަ : ޢަލީ އައިޒިކް އަޙްމަދު އަސްލަހް ( ގ.އައްސޭރި/ މާލެ)

 

8 އަހަރުން ދަށް 1ވަނަ : ޒިވިއާ ޙަސަން ޝާތިރު (ޖަމްބުމާގެ / އއ މާޅޮސް)

8 އަހަރުން ދަށް 2ވަނަ އަލްކާ ޝިނާން މުޙައްމަދު (ހެޕީނައިޓް/ގއ. ވިލިނގިލި)

8 އަހަރުން ދަށް 3ވަނަ : މަރިޔަމް ނައިރާ މުޙައްމަދު (މ.ފެހިގެ/މާލެ)

 

10 އަހަރުން ދަށް 1ވަނަ : ޔަލީނާ އާޔަތު ޙުސެއިން ( ހ. މާކަރީ ހައުސްއާގެ /މާލެ)

10 އަހަރުން ދަށް 2ވަނަ : ފާތިމަތު ޝިބާ ޙަސަން ( ސާދީވިލާ/ އއ.ފެރިދޫ)

10 އަހަރުން ދަށް 3ވަނަ : އާރާ ބިންތު ޝަރީފް ( ސީނާ/ރ.އިންނަމާދޫ)

 

12 އަހަރުން ދަށް 1ވަނަ : ޙައްވާ އައިރީން އަމްޖަދު (ލިޓްލް ހަޓް/ގދ.ތިނަދޫ)

12 އަހަރުން ދަށް 2ވަނަ : ޔޫސުފް ޔުމާން އިބްރާހިމް އިޙްސާން (ފްލެޓް-87 ޖީ01- މާލެ)

12 އަހަރުން ދަށް 3ވަނަ : ޙަމަދު އާތިކް އުމަރު އަޙްމަދު (ރޯޒީވިލާ/ ގއ. ކޮނޑޭ)

 

14 އަހަރުން ދަށް 1ވަނަ : މަލްކާ މުޙައްމަދު ޙަބީބު (ވާދީ/ ސ.ފޭދޫ)

14 އަހަރުން ދަށް 2ވަނަ : އާސިޔަތު މަލަކާ އިބްރާހިމް މަނިކު (ގ.ޑިއަރެސްޓް/ މާލެ)

14 އަހަރުން ދަށް 3ވަނަ : މަރިޔަމް ސަބާ އަޙްމަދު (މ.ކަރިސްމާވިލާ./ ކ.މާލެ)

 

16 އަހަރުން ދަށް 1 ވަނަ : އައިޝަތު ލަޢާލީ އަލީ (ސަރުމާގެ/ ކ.މާލެ)

16 އަހަރުން ދަށް 2 ވަނަ : ޒާހިލް އިބްރާހިމް ރަމީޒް ( ވައިލެޓް ވިއު/ ދ.ކުޑަހުވަދޫ)

16 އަހަރުން ދަށް 3 ވަނަ : އައިޝަތު އައިކާ އަލީ ޝާކިރު ( ގ.އައްސޭރި/ކ.މާލެ)

 

18 އަހަރުން ދަށް 1 ވަނަ : އާމިނަތު އައިނީ އަޙްމަދު (ހ. ފަހަލަ/ ކ.މާލެ)

18 އަހަރުން ދަށް 2 ވަނަ : ޒާރާ އަބްދުﷲ ނާފިޒް (ލިލީމާގެ/ ދ.ކުޑަހުވަދޫ)

18 އަހަރުން ދަށް 3 ވަނަ : މިޝްކާ މުސްތަފާ ޙުސެއިން (މއ. މެރަން /ކ. މާލެ)

އޭއޯ މަދަޙަ މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ރޫހު އާލާ ކުރުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ހަމަ ކޮންމެ ކުއްޖަކަށް އެ ކުއްޖެއްގެ ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައި ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމެއްގައި، އެކުއްޖެއްގެ އަމިއްލަ ރަށުގައި ހުރެގެން މިފަދަ މުބާރާތެއްގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ހޯދައިދެވުމަކީ ވެސް މުބާރާތުގެ އެއް މަގުޞަދެވެ.

އޭއޯ އިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މި މުބާރާތަކީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތެވެ. 2015 ވަނަ އަހަރު އައްޑޫސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފެށި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް 2021 ވަނަ އަހަރުން ފެށިގެން މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން މުބާރާތެއްގެ ގޮތުގައެވެ.

ކޮންމެ އަހަރަކުވެސް ބޮޑެތި އިނާމު ހުށަހެޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިހާތަނަށް ވަނަ ތަކަށް އައި ކުދިންނަށް ޢުމްރާ ދަތުރު ތަކާއި ޗައިނާ، އޮސްޓްރޭލިއާ އަދި ދުބާއީ ސްޓަޑީ ޓުއަރ ތައް ހޯދައިދީފައިވާނެއެވެ.