English Edition
Dhivehi Edition

ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގެ ދެ ސަރަހައްދެއްގައި ދިވެހިން އުޅޭ ކަމަށާއި އެ ގައުމުގައި ތިބި 50 އަށް ވުރެ ގިނަ ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަކަމަށެވެ،

ރަޝިޔާއިން ވަނީ ފާއިތުވި ހަފްތާތަކުގައި ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި އެއްލައްކަ ސިފައިން ބައިތިއްބާފައެވެ. ޔޫކްރެއިން އާއި ރަޝިޔާގެ ހަމަނުޖެހުންތައް ބޮޑުވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅު އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އެހެން ޤައުމުތަކުންވެސް ވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ވީއެންމެ އަވަހަކަށް ޔޫކްރެއިން ދޫކޮށް ދިޔުމަށް އެދިފައެވެ.

މީގެ އިތުރުން ޔޫކުރެއިންގައި ބައެއް ގައުމުތަކުގެ އެމްބަސީތައް ބަންދުކޮށް، ޑިޕްލޮމެޓުން ވެސް އެ ގައުމުން ފައިބަމުން އަންނައިރު ރަޝިޔާއިން ޔޫކްރެއިންއަށް ކޮންމެ ފަދަ ވަގުތަކު ވެސް އަރައިގަނެފާނެ ކަމަށް ދަނީ ބުނަމުންނެވެ.