English Edition
Dhivehi Edition

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އަށް ބިރު ދައްކާ މަރުގެ އިންޒާރު ދީފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ބައެއް އެމްޑީންނަށް ފާޑުވިދާޅުވެފައިވަނިކޮށް ރާއީ އަށް މަރުގެ އިންޒާރުދީފައިވާއިރު، މި މައްސަލަ އާއްމުންގެ ސަމާލުކަމަށް ގެނެސް ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގުންޑާއިން ފޮނުވައިގެން އިންޒާރު ދީ މަރާލާނެ ކަމަށް ބުންޏަސް ބިރެއް ނުގަންނަކަމަށެވެ. އަދި ފުރާނަ ހިއްޕަވަނީ މާތްﷲ ކަމަށާއި އެމްޑީންނެއް ނޫންކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ،

މައުލޫމާތު ލިބިފައިވާ ގޮތުން ރާއީއަށް ބަޔަކު މީހުން މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ. މި މައްސަލައާއި ގުޅޭ ގޮތުން ރާއީ އިތުރު ތަފްސީލެއް ދެއްވާފައިނުވާއިރު، އޭނާ އެ ތުހުމަތުކުރައްވާ އެމްޑީންނަކީ، އެމްޑީޕީއަށް ނިސްބަތްނުވާ، އެހެން ޕާޓީތަކުގެ ސްލޮޓްގައި ތިއްބެވި އެމްޑީންނެވެ.

މީގެ އިތުރުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަންވެސް ރާއީ ހާމަކުރައްވާފައެއް ނުވެއެވެ.