English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ނޭޗަރ ޕާކް

ވޯލްޑް ވެޓްލޭންޑް ޑޭ ފާހަގަކުރުމުގެ ގޮތުންން ފުވައްމުލައް ސިޓީ ނޭޗާރ ޕާކް އިން ކުރިއަށް ގެންދިޔަ ޓިކްޓޮކް މުބާރާތް މުހައްމަދު ސާރިމް އާއި\ ފާތިމަތު ނަފާ ކާމިޔާބުކޮށްފިއެެވެ.

މި މުބާރާތް ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް އަސްލަމް ރަޝީދުއެވެ.

‘އެފްއެންޕީ ޓިކްޓޮކް’ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް އެފްއެންޕީ ޓިކްޓޮކް އެކައުންޓް ފޮލޯ ކުރުމަށްފަހު ފުވައްމުލައް ސިޓީގެ ވެޓްލޭންޑް ގެ ވީޑިއޯ އެއް އަޕްލޯޑްކުރަންޖެހެއެވެ. ކޮންމެ މީހަކަށްވެސް އެއް ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔަ މި މުބާރާތުގެ ވީޑިއޯ ގައި ފުވައްމުލައް ނޭޗާރ ޕާކް ޓެގް ކުރަންޖެހެއެވެ.

މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ އެންމެ ގިނަ ލައިކްސް ލިބޭ ވީޑިއޯ އަށް އެއްވަނަ ލިބޭ އުސޫލުންނެވެ.