English Edition
Dhivehi Edition
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރޯދަ މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ބެހުމަށް ނިންމާފައިވާ ހަނޑުލާއި ފުށް ބަހަން މާދަމާ ފުވައްމުލައް ސިޓީގައި ބަހަން ފަށާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މި ރޯދަ މަހު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އެގޮތުން ފުވައްމުލައް ސިޓީގައި ކާޑުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ތަރުތީބުންނަށެވެ.

1- 17 މާރިޗް 2023: މާލެގަން, މާދަޑު (21:00 އިން 00:00)

2- 18 މާރިޗް 2023: ދޫނޑިގަން, ފުނާޑު (16:00 އިން 17:30 އަދި 21:00 އިން 23:00)

3- 18 މާރިޗް 2023: މިސްކިތްމަގު, ހޯދަޑު (16:00 އިން 17:30 އަދި 21:00 އިން 23:00)

4- 18 މާރިޗް 2023: ދިގުވާނޑު, ދަޑިމަގު (16:00 އިން 17:30 އަދި 21:00 އިން 23:00)

5- 18 މާރިޗް 2023: ފްލެޓް (ދިގުވާނޑު އަދި ދަޑިމަގު) (16:00 އިން 17:30 އަދި 21:00 އިން 23:00)

ސަރުކާރުން ބަހާ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހީންނަށެވެ. އެގޮތުން ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސައިޓް އޮފީހުގައެވެ. ކާޑުގެ ބާވަތްތައް ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށް ފުވައްމުލައް ސިޓީ ކައުންސިލުންވަނީ ހާމަކޮށްފައެވެ,