English Edition
Dhivehi Edition

ސައުދީ އަރަބިއްޔާއަކީ ދުނިޔޭގެ ފުޓްބޯޅައަށް ހަޖޫޖަހާ، ފުޓްބޯޅަ ހަލާކުރުބާއެއް މަކަށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފިއެވެ.

ދުނިޔޭގެ ގިނަ މަޝްހޫޜު ކުޅުންތެރިންތަކެއް ސައުދީ ސުޕަ ލީގަށް ބަދަލުވުމާއި ގުޅޭގޮތުން މީޑިއަށް ދިން އިންޓަވިއުއެއްގައި ކުރޫސް ބުނީ ޔޫރަޕް ދޫކޮށް ސައުދީ ލީގަށް ދިއުމަކީ ގޯހެއް ކަމަށާއި އެތަނުގައި ފުޓްބޯޅައިގެ އެއްވެސް ކުރިއެރުމެއް ނޯންނާނޭކަމަށެވެ. އަދި ސައުދީ އަކީ ދުނިޔޭގެ ފުޓްބޯޅަ ހަލާކުރާބައެއް ކަމަށް ކުރޫސް ބުނެފައިވެއެވެ.

ކުރޫސް ބުނީ ސައުދީ ގައި އޮތީ ފުޓްބޯޅައިގެ ނަމުގައި ކުޅުންތެރިން ބޮޑުއަގުގައި ގަތުމުގެ ވިޔަފާރިއެއް ކަމަށާއި އެ ލީގަށް ބޮޑު އަގުގައި ބަދަލުވާ ކުޅުންތެރިންނަކީ ލާރީގެ ބޭނުމުގައި ދާ ކުޅުންތެރިންކަމަށެވެ. އަދި ސައުދީ ލީގަށް ބަދަލުވެދާނަންތޯ މީޑިއާއަށް ކުރި ސުވާލަކަށް ޖަވާބު ދެމުން ކްރޫސް ބުނީ ދުވަހަކުވެސް ސައުދީ ލީދަށް ނުދާނޭކަމަށާއި އޭނާއަކީ މޮޔައެއް ނޫންކަމަށެވެ.

” އަހަރެން ދުވަހަކުވެސް ސައުދީ ލީގަށް ނުދާނަން. ކިތަންމެ ގިނަ ލާރިއެއް ދިނެސް އެކަން ނުކުރާނަން. އަހަރެންނަކީ މޮޔައެއް ނޫން. ސައުދީ ކަހަލަ ފުޓްބޯޅަ ހަލާކުރާ ގައުމަކަށް ކިތެންމެ މަޝްހޫރުކުޅުންތެރިން ގެންދިޔަޔަސް ކުރިއެރުމެއް ނުލިބޭނެ.” ކުރޫސް ބުނެފައިވެއެވެ.

ކުރޫސް މިފަދައިން ބުނިއިރު، ޔޫރަޕާއި ދެކުނު އެމެރިކާގެ އިތުރު އެފްރިކާ ބައްރުން ވެސް މަޝްޙޫރު އެތައް ކުޅުންތެރިންނެއް މި ވޭތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި ސައުދީ ލީގަށް ވަނީ ބަދަލުވެފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ. ސަދިއޯ މާނޭ. ނޭމާ އަދި ބެންޒެމާ ފަދަކުޅުންތެރިން ހިމެނެއެވެ. އަދިވެސް ޔޫރަޕުން އިތުރު ކުޅުންތެރިން ސައުދީ ލީގާއި ގުޅުމަށް އަންނަނީ ތައްޔާރުވަމުން ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތަކުން ދަނީ ބުނަމުންނެވެ.